އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހް އައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ، ސްޓޭޓް މިނިސްޓަރ ފެންވަރުގައި ، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފި ކަމަށެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވާއިރު ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ޝަމްއާން ވަހީދު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް