ބޭނުން ވާނެ ތަކެތި
1 ބޮޑު ފިޔާ، ކުދި ކޮށް ކޮށާލާފް
500 ގ މިންސްޑް ބީފް
1 ކިލޯ ހަނޑޫ
3 ޓޮމާޓޯ، އަލިފާނުން ފިހެލާފަ
1 ދަޅު ބުލެކް ބީންސް
1 ދަޅު ޒުވާރި
50 ގ ފެހި މިރުސް
1 މޭޒުމަތީ މުގުރި ދިރި
1 މޭޒުމަތީ މުގުރި މިރުސް
ރަހަލާވަރަށް ލޮނު
1 ޖޯޑު ގާނާފަ ހުރި ޗެޑަރ ޗީޒް
ހައްދަވާނެ ގޮތް
ތަވާގަ ތެޔޮފޮދު ހޫނު ކޮށްލުމަށްފަހު ފިޔާކޮޅު މީރު ކޮށްލައްވާ.އެއަށްފަހު ގެރިމަސްކޮޅު އެޅުއްވުމަށްފަހު ރަނގަޅަށް ގެރިމަސްކޮޅު ރޯފިލަންދެން ކައްކަވާލައްވާ. މިގޮތަށް ކައްކަވާލައްވާއިރު ގެރިމަސްކޮޅު ވިނުވާލަންވާނެ. ކެކުނީމާ ތަވައިން މަސްކޮޅު ނެގުމަށްފަހު ހަމަ އެ ތަވާގައި ތެޔޮ ފޮދެއް ހޫނު ކޮށްލެއްވުމަށްފަހު ހަނޑޫ ކޮޅު އަޅުއްވާ، ހަނޑޫކޮޅު ކުޑަކޮށް ރަންކުލަ އަރަންދެން މީރު ކޮށްލައްވާ.އެއަށްފަހު ޓޮމާޓޯ، ބުލެކް ބީންސް،ޒުވާރި،މިރުސް، މުގުރި ދިރި އަދި މިރުސް އަޅުއްވާ.ހުރިހާ އެއްޗެއް އެކީގައި ދެ މިނެޓް ވަރުވަންދެން ކައްކަވާލެއްވުމަށްފަހު ފެން އަޅުއްވާ. ފެން އަޅުއްވަވާނީ ހަނޑޫ ކެކޭވަރަށް. ހަނޑޫ ކޮޅު އެއްކޮށް ކެކުމުގެ ކުރީގައި ލޮނު ހެޔޮވަރު ކޮށްލުމަށްފަހު ކުރިން މީރު ކޮށްލެއްވި ގެރިމަސްކޮޅު އަޅުއްވާ، އެއްކޮއްލައްވަވާ. އެއްކޮށްލުމަށްފަހު މަތި އެއްވަރުކޮށްލައްވަވާ، ދެން ގާނާފަހުރި ޗީޒްކޮޅު އަޅުއްވާ ތަވާގެ މަތި ޖެއްސެވުމަށްފަހު ހަނޑޫ ކޮޅު އެއްކޮށް ކެކެންދެން ކައްކަވާލައްވަވާ.
ނޯޓް؛ މިންސްޑް ބީފް އަކީ މުގުރާފަ ހުރި ގެރިމަސް. މުގުރާފަ ހުރި ފުރެސް ބީފް ނުލިބޭނަމަ ދަޅުގައި ބަންދުކުރި ކޯންޑް ބީފް ބޭނުން ކުރެވިދާނެ. ނުވަތަ ފުރެސް ބީފް ކުދިކޮށް ކޮށައިލައިގެންވެސް ބޭނުން ކުރެވިދާނެ. ހަމަ އެގޮތަށް ބުލެކް ބީންސް ނުލިބޭކަމުގައި ވާނަމަ ބޭކެޑް ބީންސް ދަޅު ބޭނުން ކުރެވިދާނެ. ބޭކެޑް ބީންސް ބޭނުން ކުރަށްވާނަމަ، ދަޅުގައި ހުންނަ ދިޔަފޮދު ފުރާނާލުމަށް ފަހު ހަމަ އެކަނި ބީންސްކޮޅު ބޭނުން ކުރައްވަވާ. އަދި ޒުވާރި ދަޅު ނުވަތަ ފުރެސް ޒުވާރި ހަމަ އެކަނި ޒުވާރި އޮށްކޮޅު ބޭނުން ކުރައްވަވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް