ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން ހޯދަމުންދިޔަ އިބްރާހިމް ފައިހް ނިޒާމް އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހޯދަން އިއުލާނުކޮށްފައިވާ ސ. މަރަދޫފޭދޫ/ރަށްދެބައިގޭ، އިބްރާހިމް ފައިހް ނިޒާމް މިރޭ އަމިއްލައަށް ފުލުހުން ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"މާލޭގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނަކީ އިބްރާހިމް ފައިހް ނިޒާމް ހޯދުމަށް ހިންގި އޮޕަރޭޝަނެއް" ފުލުހުން ބުނެފައިވެއެވެ.
ފައިހް ހައްޔަރުކޮށްފައިވާއިރު ފައިހް ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފަސް ފިރިހެނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް