މަޑަވެލީގައި މަގުމަތީގައި އަންހެނަކަށް އަނިޔާ ކުރި ފިރިހެނަކު ހައްޔަރު ކޮށްފި

ގދ. މަޑަވަލީގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން މީހާއަށް އަނިޔާކުރި މައްސަލައިގަ ހައްޔަރު ކުރީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އ...

21 Mar 2023 | 14:36

ގދ. މަޑަވަލީގައި އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން މީހާއަށް އަނިޔާކުރި މައްސަލައިގަ ހައްޔަރު ކުރީ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ފިރިހެން މީހާ އަނިޔާކުރުމުން ލިބުނު ޒަހަމްތަކަށް އަންހެން މީހާ ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ކަމަށެވެ. މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާ ކުރަނީ ގެއެއްގެ ތެރޭގައި ހުއްޓަ ދަމާ ނެރެ ބިން މައްޗަށް ވައްޓާލުމަށް ފަހު އެވެ. އަދި މަގުމަތީގައި އަންހެން މީހާ ދަމާތަން ފެންނަ އިރު ވަރަށް ބާރަށް އަންހެން މީހާ މޫނުގައި ޖަހަ އެވެ.

އެއް ބަޔަކު އެކަން ހުއްޓުވަން އުޅުނު އިރު ގިނަ ބަޔަކު މަންޒަރު ވީޑިއޯ ކުރަންވެސް އުޅުނެވެ. ފިރިހެން މީހާ ހުއްޓުވީ އެހެން ފިރިހެނަކު އައިސް އަތާއި ފައި ހިފަހައްޓައިގެންނެވެ.

ފުލުހުންވެސް އެ ސަރަހައްދަށް ދިޔަތަން ފެންނަނީ އެގަޑީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް