ލާމު ގަމުގައި ކުޅުނު ތާރީހީ އެކުވެރިކަމުގެ މެޗު ރާއްޖެއިން ކާމިޔާބު ކޮށްފި

ލާމު އަތޮޅު ގަމުގައި މިއަދު އަވަށްޓެރި ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ތާރީޚީ އެކުވެރިކަމުގެ މެޗު ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ. މިއަދު މެންދުރު ފަހު 3:45 ގައި ގަމު ޒޯން ސްޓޭޑިއަމ...

21 Mar 2023 | 13:35

ލާމު އަތޮޅު ގަމުގައި މިއަދު އަވަށްޓެރި ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ތާރީޚީ އެކުވެރިކަމުގެ މެޗު ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

މިއަދު މެންދުރު ފަހު 3:45 ގައި ގަމު ޒޯން ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޕާކިސްތާގެ މައްޗަށް ރާއްޖޭން ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ރާއްޖޭގެ ގައުމީ ޓީމުންނެވެ. އެގޮތުން ޕާކިސްތާނުގެ ހާފުތެރޭގައި ގިނަވަގުތު ބޯޅަގެންގުޅެ އެޓޭކުތައް އުފެއްދުމަށް ރާއްޖޭގެ ޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޓީމުން ޕާކިސްތާނުގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ވެސް ވަނީ ފޮނުވާލާފައެވެ.

މި މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ރާއްޖޭގެ ޓީމުން ލީޑުނެގިއިރު، މި ލަނޑު ރާއްޖޭގެ ޓީމަށް ޖަހައިދިނީ ހަމްޕު ނަގައިދިން ކޯނަރަކުން ގޯލުގެ ކުރިމައްޗަށް ހުރަސްވި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިބްރާހީމް އައިސަމްއެވެ.

މެޗުގެ ފަހުހާފުގައިވެސް ރަނގަޅަށް ކުޅެފައިވަނީ ރާއްޖޭގެ ގައުމީ ޓީމުންނެވެ. ނަމަވެސް ފަހުހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި މެޗަކީ މާލެއާއި އަށްޑޫ ފިޔަވައި ރާއްްޖޭގެ ރަށެއްގައި ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ ބައިނަލްއަޤުވާމީ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް