ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ފަށައިފިއެވެ.
އެގޮތުން އެ ޕާޓީން މިއަދު ވަނީ އަދާލަތު ޕާޓީއާއި ބައްދަލުކުރައްވާފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެ ޕާޓީން އިސްވެ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށާއި އެގޮތުން އަދާލަތާއި މިއަދު ބައްދަލުކުރި ކަމަށެވެ.
އަދާލަތު ޕާޓީން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ އެމްއާރުއެމްގެ އެދުމުގެ މަތިން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ބައްދަލުކުރެވުނު ކަމަށާއި މި ބައްދަލުވުމުގައި ހިނގަމުން މިދާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކާއި ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނު ކަމަށެވެ.
https://twitter.com/AdhaalathOffice/status/1638123111571951616
އެމްއާރްއެމްއިން އިސްވެ މަޝްވަރާތައް ފަށާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރްއެމްއިން ކެނޑިޑޭޓަކު ނެރުން ވަރަށް ގާތްކަމުގައި އެ ޕާޓީން އިއްޔެ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް