ދިއްފުށީގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ، އުމުރުން 51 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމާއި ދިއްފުށީ ހެލްތު ސެންޓަރަށް އެ ފަތުރުވެރިޔާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު ގެނބިގެން ފަތުރުވެރިޔަކު މަރުވެފައިވާއިރު މި މަސް ތެރޭގައި މިއީ ހިނގި މި ފަދަ ތިންވަނަ ހާދިސާއެވެ. މި މަހުގެ ތެރޭގައި ގެނބިގެން ތިން ފަތުރުވެރިއަކު މަރުވެފައިވާއިރު މޫދަށް އެރި އުޅުމުގައި ފަތުރުވެރިން ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން މި މަސްތެރޭގައި އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް