މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައުލޫމާތުދޭގޮތުގައި ރޯދަ މަހު ރާއްޖެ އެތެރެކުރާ މުދާ އަވަހަށް ކްލިއާ ކުރުމަށް އިތުރު އުޅަނދުތަކެއް ވަނީ ގެނެސްފައި އެވެ.
އޭގެ ތެރޭގައި ކޮންޓެއިނަރު އުފުލަން ހަތަރު ރީޗް ސްޓެކާ އާއި އެމްޕްޓީ ހޭންޑްލާއެއްގެ އިތުރުން ދެ ފޯކް ލިފްޓު ހިމެނެ އެވެ. އަލަށް ގެނައި ވެހިކަލްތަކާއެކު، ކޮންޓެއިނަރު އުފުލުމަށް އަށް ވެހިލަށް އެމްޕީއެލުން މިހާރު ބޭނުން ކުރާނެ އެވެ.
ރޯދަ މަހާއި ދިމާކޮށް އެމްޕީއެލްއިން ވިޔަފާރި ބަނދަރުގައި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ބޭލުމަށް ހާއްސަ ސަރަހައްދެއް މިހާރު ވަނީ ހަދައިފަ އެވެ. އަދި ވަގުތީ ގޮތުން މުދާ ސްޓޯ ކުރަން ބޭނުންވާ ސްޓޯރޭޖަކާއި ޖެނެރަލް ކާގޯ ބަހައްޓަން މާލެ އާއި ހުޅުމާލޭގައި ވަނީ ތަނެއް ހަދާފައި އެވެ.
އެ ކުންފުނިން އެންމެ އިސްކަމެއް ދެނީ އެމްޕީއެލްގެ މަސައްކަތްތަކާ ހެދި މުދާ ކްލިއާ ކުރަން ލަސްވެ، ތަކެތީގެ އަގުތައް އުފުލިޔަ ނުދިނުމަށް ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް