ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް އައްޔަން ކުރި މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެ އެވެ.
ހަނަފީ އަކީ ޖޭޕީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިޔަށް އޮތް ފަސް އަހަރަށް ގާސިމްގެ އެޑްވައިޒަރު ކަމަށް އައްޔަން ކުރީ ރޭގެ ވަގުތެއްގައި އެވެ.
އެކަމަކު މަގާމު ގަބޫލު ނުކުރައްވާ ޕާޓީން ވަކިވާން ނިންމައި ގާސިމްއަށް ފޮނުއްވި ސިޓީގައި ހަނަފީ ވިދާޅުވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ. މިވޭތުވެދިޔަ ތަނުގައި ގާސިމް ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާ ކޮށްފައިވެ އެވެ.
މިކަމާއި ގުޅޭގޮތުން އަދި ހަނަފީ އެއްޗެއް ވިދާޅެއް ނުވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަނަފީ ދެން ކުރިޔަށް ވަޑައިގެންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު އެވެ.
ހަނަފީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ޖޭޕީގައި ސްލޮޓެއްގައި ހުންނެވި އަހުމަދު ސަމީރުވެސް ވަނީ ޖޭޕީން ވަކިވެފައި އެވެ. އޭނާ ޖޭޕީން ވަކިވީ އެ ޕާޓީން އެމްޑީޕީއާ އެކު ކޯލިޝަން ނުހަދަން ނިންމުމުންނެވެ.
ޖޭޕީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް