ރޭ ޝިޔާމް ހައްޔަރު ކުރީ ގަވައިދާ ހިލާފަށް: އީވާ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ޕީޕީއެމް މުޒާހަރާއިން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް މަޖިލީހހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ...

21 Mar 2023 | 08:17

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ޕީޕީއެމް މުޒާހަރާއިން ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް މަޖިލީހހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ރޭ ޝިޔާމް ހައްޔަރު ކުރީ ހަތަރު ގަޑިއިރެއްހާ އިރަށެވެ. މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ އެ ހަތަރު ގަޑިއިރު ވާއިރުވެސް މަޖިލީހުގެ އިދާރާއަށް އެކަން ނާންގާ ކަމަށެވެ.

އީވާ ވިދާޅުވީ އީވާ ވިދާޅުވީ މެންބަރަކު ހައްޔަރުކޮށްފި ނަމަ ގަޑިއިރެއް ތެރޭގައި މަޖިލީހަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. ފުލުހުން އަމަލު ކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޝިޔާމް ހައްޔަރު ކުރި މައްސަލައިގަ ޕީޕީއެމްއިން ބުނީ އޭނާ ހައްޔަރު ކުރީ ފުލުހުން ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށް ބަހަނާއެއްގެ ގޮތުން ކަމަށެވެ.

މާލޭގައި ޕީޕީއެމް އިން ރޭ ކުރި މުޒާހަރާގެ ތެރެއިން ޝިޔާމްގެ އިތުރުން އަށް ފިރިހެނުންނާއި ނުވަ އަންހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައި ވަނީ ޝިޔާމް އެކަންޏެވެ.

މީގެ އިތުރުން ރައިސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގަވެސް ހަތަރު މީހަކު ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް