ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގ ެ241 ކޮމިޓީންބަލަން ފަށައިފި އެވެ.
ރޭ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން މޮޓޯކޭޑުގައި ވަޑައިގެންނަވަނިކޮށް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކައިރިން ހުރަސް އެޅީ އެ ޕާޓީގެ އެކްޓިވިސްޓުންތަކެކެވެ. މި މައްސަލައިގަ ފުލުހުން ވަނީ ހަތަރު މީހުން ހައްޔަރު ކޮށްފައި އެވެ.
އެމްއެންޑީއެފުން ބުނީ ރައީސްއަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ފެއިލްވިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ކަން ހިނގާދިޔަގޮތް ރަނގަޅަށް ބަލާނެ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު11:00 ގައި ވަނީ ފަށާފައި އެވެ.
މި ބައްދަލުވުމަށް ހާިރު ކުރާ ބޭފުޅުންގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް