އެމެރިކާއާއި އިނގިރޭސިވިލާތައް ފަހު ނިއުޒީލޭންޑުންވެސް ޗައިނާގެ ވީޑިއޯ ހިއްސާކުރާ ޕްލެޓްފޯމް ޓިކްޓޮކް "ސަރުކާރުގެ ޑިވައިސްތަކުގައި" މަނާކޮށްފިއެވެ.
އިނގިރޭސިވިލާތުން، ބުރާސްފަތި ދުވަހު ޓިކްޓޮކް މަނާކުރާކަން އިއުލާންކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުން ހިންގާ އެޕްގެ ރައްކާތެރިކަމާމެދު ސުވާލް އުފެދިފައިވާ ދަޑިވަޅެއްގައެވެ. ހާއްސަކޮށް މި އެޕް ބޭނުންކުރާ ޑިވައިސްތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ލީކް ވާތީ ކަމަށް ބުނެއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޑަޗީ އޮފް ލަންކަސްޓާގެ ޗާންސެލަރު އޮލިވަރ ޑައުޑަން ވަނީ އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް އަމް އާއި ކެނެޑާ އަދި އިންޑިއާއިން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފާހަގަކޮށްފައެވެ. ޑައުޑަން ވިދާޅުވީ ސޯޝަލް މީޑިއާ އެޕްތަކުން ސަރުކާރުގެ ޑިވައިސްތަކުގައި ކޮންޓެކްޓްތަކާއި ޔޫޒަރ ކޮންޓެންޓް އަދި ޖިއޮލޮކޭޝަން ޑޭޓާ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ޔޫޒަރ ޑޭޓާ އެއްކޮށް ރައްކާކުރާ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ކޯވިޑަށްފަހު ޓިކްޓޮކްގެ ވެރިފަރާތް ބައިޓްޑާންސްގެ ސަބަބުން އެޕްގެ ރައްކާތެރިކަމާމެދު ވަނީ ދުނިޔޭގެ ގިނަ ޤައުމުކުން ސުވާލުއުފެދިފައެވެ. އިނގިރޭސިވިލާތުގެ އަމަލުތަކުން ދައްކުވައިދެނީ ހުޅަނގުގެ އެކި ސަރުކާރުތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމެވެ. އެއީ ޓިކްޓޮކް މެދުވެރިކޮށް އެޕް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ލީކްވެދާނެ ކަމުގެ ބިރެވެ.
މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި އެ ސިޔާސަތު ހަރުކަށި ކުރަން އިއުލާން ކުރުމުންނެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ޓިކްޓޮކުން ބުނެފައި ވަނީ އިނގިރޭސި ސަރުކާރުގެ މި ނިންމުމާ މެދު މާޔޫސްވާ ކަމަށެވެ. އަދި މިއީ ގޯސް ތަސައްވުރުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ސިފަކުރިއެވެ. އަދި އިނގިރޭސިވިލާތުގެ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިނގިރޭސި ސަރުކާރުގެ ބައެއް ޑިޕާޓްމަންޓްތަކުން އާންމުންނަށް ފޯރުކޮށްދިނުމުގެ ބައެއްގެ ގޮތުގައި ޓިކްޓޮކް އެކައުންޓްތައް ހުރިއިރު، ދާދި ފަހުން ސައިންސް، އިނޮވޭޝަން އަދި ޓެކްނޮލޮޖީގެ ސެކްރެޓަރީ އޮފް ސްޓޭޓް މިޝެލް ޑޮނެލަން ވިދާޅުވީ އެ އެޕަކީ އިނގިރޭސިންނަށް ރައްކާތެރި އެޕެއް ކަމަށެވެ ބޭނުން ކުރުމަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް