އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ހޫނު މޫސުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭގަނޑުގެ ފަރިކޮޅަކަށް ދައުވަތު އަރުވަން ރާވާއިފިއެވެ.
ވައިޓް ހައުސްގެ އަމާޒަކީ ޖޫން މަހު ސްޓޭޓް ޑިނަރ ބޭއްވުމަށް ރާވަމުންދިޔަ ނަމަވެސް މިކަމާބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނަކު އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
ޕީއެމް މޯދީގެ ރަސްމީ ދައުލަތުގެ ދަތުރުފުޅަކީ ޑިފެންސް، ޓެކްނޮލޮޖީ، ސްޕޭސް އެކްސްޕްލޯރޭޝަން، ޓްރޭޑް އަދި އިންވެސްޓްމަންޓް ފަދަ އެކި ދާއިރާތަކުން އެމެރިކާއާއި އިންޑިއާގެ ގުޅުން ފުންވަމުންދާ ކަމުގެ ނިޝާނެކެވެ.
މީގެ އިތުރުން ޗައިނާގެ ސަބަބުން ބޮޑުވަމުން އަންނަ ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަންކަމާ ދެކޮޅަށް މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކެއްގެ ސިޔާސަތުތަކާއި އިސްނެގުމެއް ބައިޑަންގެ ވެރިކަމުގައި ކުރިއަރުވާއިރު އިންޑިއާއިން އެކަމުގައި މުހިންމު ދައުރެއް އަދާކުރެ އެވެ.
އިންޑިއާ އިން އަންނަ ސެޕްޓެމްބަރު މަހު ނިއުދިއްލީގައި ބާއްވާ ގްރޫޕް އޮފް 20 (ޖީ20) ގެ ލީޑަރުންގެ ސަމިޓްގައި މަޝްވަރާ ކުރެވޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ރަޝިޔާއިން ޔޫކްރޭނަށް އަރައި ހިންގަމުންދާ ހަމަނުޖެހުން ހިމެނެއެވެ.
މިދިޔަ މަހު އެމެރިކާ އާއި އިންޑިއާ އިން ވަނީ ޖެނެރަލް އިލެކްޓްރިކް ކޯގެ މަތިންދާބޯޓު އިންޖީނު ގުޅިގެން އުފެއްދުން ހިމެނޭ ގޮތަށް ކުރިއަރާފައިވާ ޑިފެންސް އަދި ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބަދަލުކުރުމަށް ހުށަހަޅާފައިވާ އިނިޝިއޭޓިވް އޮން ކްރިޓިކަލް އެންޑް އިމަރޖިންގ ޓެކްނޮލޮޖީސް ދައްކާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް