ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަޑައިގެންނަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގަ ހަތަރު މީހުން ހައްޔަރު ކޮށްފި އެވެ.
މޮޓޯކޭޑަށް ހުުރަސް އެޅީ ރޭ ޕީޕީއެމް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނެވެ. ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން އެ ސަރަހައްދުން ވަޑައިގެންނެވީ ހުޅުމާލޭގައި އޮތް އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ފަހު އެނބުރި ވަޑައިގެންނަވަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޮޓޯކޭޓަށް ހުރަސް އެޅައިގެން ހަތަރު މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެމީހުން ތިބީ އަދިވެސް ފުލުހުންގެ ބަންދުގައި ކަމަށް ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން، ރައީސްގެ ކާރުކޮޅު ވަނީ އަނބުރާލާފައި، އެސަރަހައްދުން ގޮސްފައެވެ. އެއިރުވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ރައީސްގެ ކާރުކޮޅު ކައިރިއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށްވެސް އަމާޒުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް