މިއަހަރުގެ ރެހެންދި އެވޯޑު ހަތް ފަރާތަކަށް ދީފި އެވެ.
މި އެވޯޑު ދީފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެވެ.
މިއަހަރު ރެހެންދި އެވޯޑު ލިބިފައިވަނީ ހަ ކަނބަލަކަށާއި އެމްޓީސީސީއަށެވެ. އެމްޓީސީސީއަށް މި އެވޯޑު ލިބިފައިވަނީ އަންހެނުން ވަޒީފާގެ މައިދާނަށް ނެރެން ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ.
ރެހެންދި އެވޯޑު ހާސިލް ކޮށްފައިވާ ކަނބަލުންނަކީ:
ރުގިއްޔާ އިއްބާހިމް - ލީޑާޝިޕް އެންޑް ގަވަނަންސް ދާއިރާ
ހުސްނާ ފަހުމީ - އިޖުތިމާއީ ދާއިރާ
އާމިނަތު އިބްރާހިމް - އިޖުތިމާއީ ދާއިރާ
ރަޝީދާ އިބްރާހިމް - އިޖުތިމާއީ ދާއިރާ
ޒީނާ ޒާހިރު - އިޖުތިމާއީ ދާއިރާ
އާމިނަތު ޝިމާނީ - ނޮން ޓްރަޑަޝަނަލް ރޯލްސް އަދާކުރުމުގެ ދާއިރާ
މީގެން ކޮންމެ ފަރާތަކީވެސް 15 އަހަރަށްވުރެ ގިނަ ދުވަހު އަންހެނުން ބާރުވެރިކޮށް، އަންހެނުން ވަޒީފާގެ މައިދާނަށް ނެރެން މަސައްކަތް ކޮށްފައިވާ ފަރާތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް