ދިރާގުގެ ހިއްސާއަކަށް7.33 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.
ކްރޮސް ރޯޑުގައި ރޭ ބޭއްވި މި ޖަލްސާގައި ހިއްސާގެ ގޮތުގައި ބަހަން ނިންމާފައިވަނީ557 މިލިއަން ރުފިޔާ އެވެ.
އެކުންފުނީގެ މިއަހަރުގެ ހިއްސާގެ ފައިދާ ބަހާނީ މިދިޔަ މަހުގެ 16 ގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ. މިރޭގެ ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރުން ބައިވެރިވި އެވެ.
މިދިޔަ އަހަރު އެކުންފުނިން ވަނީ 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 6.20 ރުފިޔާ މަގުން ޖުމްލަ 471 މިލިއަންު ރުފިޔާ ބަހައިފަ އެވެ. އެހެންވެ، މިއަހަރު މިވަނީ ހިއްސާދާރުންނަށް ބަހާ ޖުމްލަ އަދަދު 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް