އަލްހާނާއި އާއިލާ ފޮހެލާނެ ކަމުގެ އިންޒާރު – މައްސަލަ ޕޮލިހަށް ހުށަހަޅައިފި

އަލްހާން ފަހުމީގެ ސްކީމްގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އަލްހާނާއި އޭނާގެ އާއިލާ އެކުގައި ވުޖޫދުން ފޮހެލާނެކަމަށްބުނެ މަރުގެ އިންޒާރު ދީފައެވެ. ޖޯންގެ ނަމުގައި ޓެލެގްރާމް އެކައުންޓަކުން އަލް...

21 Mar 2022 | 17:50

އަލްހާން ފަހުމީގެ ސްކީމްގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އަލްހާނާއި އޭނާގެ އާއިލާ އެކުގައި ވުޖޫދުން ފޮހެލާނެކަމަށްބުނެ މަރުގެ އިންޒާރު ދީފައެވެ.

ޖޯންގެ ނަމުގައި ޓެލެގްރާމް އެކައުންޓަކުން އަލްހާނަށް ދީފައިވާ އެ އިންޒާރުގައި ބުނެފައިވަނީ ދެ މިލިޔަން އިންވެސްޓްކޮށްފައިވާނެކަމަށާއި ނުލިބިއްޖެއްޔާ ކަރު ކަނޑާލާނެ ކަމަށެވެ. އިތުރަށް ބުނެފައިވަނީ މުޅި އާއިލާވެސް ފޮހެލާނެ ކަމަށެވެ.

އަލްހާން ބުނެފައިވަނީ ދީފައިވާ މި އިންޒާރުގެ މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

https://twitter.com/AlhanFahmy/status/1505959321229991936

އަލްހާނާއި އާއިލާއަށް މަރުގެ އިންޒާރު ދީފައިިމިވަނީ އަލްހާންގެ ސްކީމާއި ގުޅޭ ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން މިއަދު ހާމަކޮށްފައިވަނިކޮށެވެ.

https://twitter.com/dhuvasmv/status/1505960537963876362

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް