ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
ދުވަހަށް މުއުތަބަރުގޮތެއްގައި މައުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ބުދަ ދުވަހު ގާފަރު ގެސްޓްހައުސް އަކަށް ޗެކިން ވި އަންހެނަކު މިއަދު ކޮޓަރިން ނުނިކުމެގެން ފުލުހުން ގޮސް ބެލިއިރު އޮތީ މަރުވެފައެވެ. ކަރަށް ވަޅި ހަރާފައި ވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަމިއްލައަށް ކަމެއް ނޫންކަމެއް އަދި ޔަގީނެއް ނޫނެވެ.
ދުވަހަށް އެނގިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އއ. ބޮޑުފުޅަދުއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާ އެ ގެސްޓްހައުސް އަށް ޗެކިން ވީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.
އެ އަންހެން މީހާގެ ހަށިގަނޑު އެ ރަށުގެ ސިއްހީ މަރުކަޒުގައި އޮތް އިރު ފުލުހުން ބުނެފައިވަނީ ކ. ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް ޝެއާ ކުރަމުންދާނެ ކަމަށެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް