އަލްހާންގެ ސްކީމް: ފުލުހުން ބުނަނީ ޖިނާއީ ތަހުގީގަކަށް ފެތޭ ކަމަށް

އަލްހާންގެ ސްކީމް ޖިނާއީ ތަހުގީގަކަށް ފެތޭކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އަމިއްލަ ކުންފުންޏަކުން ގ...

21 Mar 2022 | 16:13

އަލްހާންގެ ސްކީމް ޖިނާއީ ތަހުގީގަކަށް ފެތޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުން މާލީ މަސްލަހަތަށް ބުރޫ އަރާގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

"ފުލުހުން ބެލި ބެލުމުން ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަންޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީތެއް ދަނީ ހިންގަމުން" ފުލުހުން ބުނެފައިވެއެވެ.

އެއީ ސީދާ އަލްހާންގެ ސްކީމްގެ ވާހަކަކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ދުވަހަށް ޔަގީންވެފައިވާގޮތުގައި ފުލުހުން އެ ދައްކަނީ އަލްހާންގެ ސްކީމްގެ ވާހަކައެވެ.

ފުލުހުން ބުނެފައިވަނީ އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ދަންނަވާކަމަށާއި އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް ދަންނަަވާކަމަށެވެ. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގަައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް