ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ށ. ޅައިމަގުގައި ހެދި ކޮމިއުނިޓީ ބީޗު ސަރަހައްދު ހުޅުވައިފި އެވެ.
ބީއެމްއެލްއިން ބުނީ އެ ތަނަކީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ އެހީގައި ހެދިތަނެއް ކަމަށެވެ.
މި ކޮމިއުނިޓީ ބީޗް ގައި ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ހަޓާއެކު ބެންޗު ބަހައްޓައި އަދި ޕިކްނިކް މޭޒާއި ޖޯލިވެސް އެ ސަރަހައްދުގައި ބަހައްޓާފައިވެ އެވެ.
މީގެ އިތުރުން މި ސަރަހައްދުގައި ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
މިހާތަނަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް