ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ 'ޝާމިލުއަޑު' އިފުތިތާހުކޮށްފިއެވެ.
މި ސޮފްޓްވެއަރ އިފުތިތާޙުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަޞީމެވެ.
މި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާނެފަދަ ސޮފްޓްވެއަރ އެއް ފަރުމާކުރުމަށްކަމަށެވެ.
މިއީ ދިވެހިރާއްޖަށް އައު މަސައްކަތަކަށްވެ، ގިނަ ދިރާސާތަކަކާއި ހޯދުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ކުރިށްއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތެއްގެ ގޮތުގައިކަން ޑިވެލޮޕަރ ފާހަގަކުރައްވައެވެ.
ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައި. އޯ. އެސް ގައި ބޭނުންކުރެވޭނެހެން ތަރައްގީކޮށްފައިވާނެއެވެ. އަދި މީގެ އިތުރުން މި ސޮފްޓްވެއަރ ބޭނުންކޮށްގެން މިޑިޕާޓްމަންޓްގެ ވެބްސައިޓްވެސް އިތުރަށް އެކްސެސިބަލްކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޝާމިލުއަޑު މިސޮފްޓްވެއަރ އަކީ އޮފްލައިންކޮށް އެއްވެސް އިންޓަރނެޓް ކަނެކްޝަންއެއް ނެތި، ބޭނުންކުރެވޭ
ސޮފްޓްވެއަރ އެއްކަމަށެވެ. އަދި ކޮޕީ ޕޭސްޓްކޮށް ދިވެހި ލިޔުންތައް ކިޔުމަށް މިސޮފްޓްވެއަރ ބޭނުންކުރުމުގެ އިތުރުން އެންޓްރޮއިޑް ޕްލެޓްފޯމުގައި ޓޯކްބެކް ސަރވިސްއާއި އެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި މިސްފްޓްވެއަރ ބޭނުންކުރުވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ކުރިއަށް އޮތްތަނުގައިވެސް މި ޕްރޮގްރާމަށް ގެންނަން ޖެހޭ މުހިއްމު އަޕްޑޭޓްތައް ގެނެސް އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޝާމިލުއަޑުގެ ޔޫޒަރ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޝުއަލް އިމްޕަޔަރޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.
ދިވެހި ރާއްޖޭގައި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރއެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާ ފުރަތަމަ ފަހަރަށް މިޕްރޮޖެކްޓް ވެގެންދާއިރު، މިއީ ދިވެހިބަހަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ. އަދިއެންމެހާ މުދައްރިސުންނަށާއި ދަރިވަރުންނަށް ނުހަނު ބޮޑު ފަސޭހައެއް މިސޮފްޓްވެއަރއިން ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް