އެމްޕީއެލްގެ އެގްޒެކެޓިވް މެނޭޖްމެންޓަށް އަމާޒުކޮށް ޓްރެއިނިން ސެޝަންތަކެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެގްޒެކެޓިވް މެނޭޖްމަންޓަށް އަމާޒުކޮށްގެން ޓްރެއިނިން ސެޝަންތަކެއް ފަށައިފިއެވެ. މި ޓްރެނިން ސެޝަންތައް ކުރިޔަށް ގެންދަނީ "ނެކްސްޓް ޖެެނެރޭޝަން ޕާފޮމެންސް މެ...

21 Mar 2022 | 12:45

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެގްޒެކެޓިވް މެނޭޖްމަންޓަށް އަމާޒުކޮށްގެން ޓްރެއިނިން ސެޝަންތަކެއް ފަށައިފިއެވެ.

މި ޓްރެނިން ސެޝަންތައް ކުރިޔަށް ގެންދަނީ "ނެކްސްޓް ޖެެނެރޭޝަން ޕާފޮމެންސް މެނޭޖްމަންޓް" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށެވެ.

އެމްޕީއެލުން މިއަދު ބުނީ މިއީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް އެންމެ ގާބިލު އަދި ހުނަރުވެރި މުވައްޒަފުން ދެނެގަނެ މުވައްޒަފުން ވަޒީފާއަށް ޝައުގެވެރިކުރުވުމުގެ ހުނަރު ކިޔަވައިދިނުމަށް ކުރިއަށްގެންދާ ސެޝަންތަކެއް ކަމަށެވެ.

މި ސެޝަންތަކުގައި ކިޔަވައިދެނީ ގްލޯބަލް ރިމިއުނިރޭޝަން އެކްސްޕާޓް އަދި ހިއުމަން ރިސޯސް ކޮންސަލްޓެންޓެއް ކަމަށްވާ ރޮބާޓް މޮސްލީ އެވެ.

އެމްޕީއެލުން ބުނީ އެކްޒެކެޓިވް މެނޭޖްމަންޓަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޓްރެއިނިން ސެޝަންތަކުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތާއި ފެންވަރު ބެލުމަށް ފަސޭހަވެގެން ދާނެ ކަމަށާއި ކުންފުނިން ހާސިލުކުރަން ކަނޑައަޅާފައި ހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

https://twitter.com/Portmv/status/1505819068514766851

މި ސެޝަންތައް ކުރިއަށްދަނީ ކްރޮސް ރޯޑްސް މޯލްޑިވްސް ގައެވެ.

މި ސެޝަންތަކުގައި ކިޔަވައިދޭ ރޮބާޓް މޮސްލީ ވަނީ ދުނިޔޭގެ އެޗްއާރު ކޮންގްރެސް އިން ދޭ "ގްލޯބަލް އެޗްއާރް ލީޑާޝިޕް" އެވޯޑް، 2017 ވަނަ އަހަރު ހޯދައިފައެވެ. މީގެ އިތުރުންވެސް މޮސްލީ ވަނީ ޕީޕަލް ހަމް އިން އެކުލަވާލި "ޓޮޕް 100 ތޯޓް ލީޑާސް ޓް އިންސްޕައާ ޔޫ އިން 2021" ލިސްޓުގައި ވެސް ހިމެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް