ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ބަނޑުބޮޑުކަން އިއުލާނުކޮށްފި އެވެ.
ސޯނަމް އިންސްޓަގްރާމްްގައި މިއަދު ބުނީ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން އޭނާ އާއި ފިރިމީހާ އަނަންދު އަހޫޖާ ކެތް މަދުވެފަ ތިބި ކަމަށެވެ. އޭނާ ބުނީ ދެމަފިރިން ކުއްޖާ ބަލާނީ ބެލޭނެ އެންމެ ރަނގަޅަކަށް ކަމަށެވެ.
ސޯނަމްގެ ޕޯސްޓުން އެނގޭގޮތުގައި އޭނާ ބަނޑުބޮޑުކަން އެނގުނީ މިއަހަރު އެވެ. އަދި ޕޯސްޓާއި އެކު ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އޭނާގެ ބަނޑު އަދި ނޭނގެ އެވެ.
ފޮޓޯތަކުގައި އޭނާ ސޯފާއެއްގައި އޮށޯވެލައިގެން އޮތީ އަނަންދުގެ ފައިގަ ބޯއަޅާލައިގެންނެވެ. އަދި ދެމީހުން ސޯނަމްގެ ބަނޑުގައި އަތް އަޅާލައިގެން ފޮޓޯއެއްވެސް އިނެވެ.
https://www.instagram.com/p/CbWqpeFq-T6/
ކައިވެނީގެ ފަހުން ބޮލީވުޑާއި މާ ގާތްކޮށް އުޅެމުން ނުދާ ސޯނަމް މިހާރު ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ. އަނަންދަކީ ލަންޑަންގެ ވިޔަފާރިވެރި އެކެވެ.
ސޯނަމް އާއި އަނަންދު ކައިވެނި ކުރީ2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް