ދިވެހި އެންއެފްޓީ ކަލެކްޝަނެއް އޯޕަންސީއަށް ދޫކޮށްލައިފިއެވެ.
މިއީ ދިވެހި ފުރަތަމަ އެންއެފްޓީ ކަލެކްޝަނެއް ނޫނެވެ. މީގެ ކުރިންވެސް ކަލެކްޝަންސް ތައް ދޫކޮށްފައި އެބަހުއްޓެވެ.
ނަމަވެސް މި ކަލެކްޝަން ތަފާތުވާ އެއް ސަބަބަކަށް މިވީ މި އެންއެފްޓީ ކަލެކްޝަން އޯޕަންސީއަށް ދޫކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް އަލްހާން ފަހްމީ މީގެ އެއް އެންއެފްޓީ ބައްލަވައިގަތުމެވެ.
ދި އެންއެފްޓީން އޯޕަންސީއަށް ދޫކޮށްލާފައިވާ މި އެންއެފްޓީ ކަލެކްޝަންގައި ހިމަނާފައިވަނީ ދިވެހި ނަންތަކެވެ. ބައެއް އާއްމު ނަންތަކާއި ބައެއް ހާއްސަ ނަންތައްވެސް މެއެވެ. ހާއްސަ ނަންތަކުގައި ތެރޭގައި އަންނި އަދި އަލްހާން ހިމެނޭނެ ކަމަށް ބެލެވެއެެވެ.
އެންއެފްޓީ މި ކަލެކްޝަންގައި ފުރަތަމަ ހުށަހަޅާފައިވާ އަގަކީ 0.02 އެތީރިއަމާއި 0.06 އެތީރިއަމާއި ދެމެދުގެ އަގެއްގައެވެ. އަލްހާންގެ ނަމުގައި ދޫކޮށްލާފައިވާ އެންއެފްޓީގެ ފުރަތަމަ އަގަކަށް ހުށަހަޅާފައި އޮތީ 0.06 އެތީރިއަމެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 2700 ރުފިޔާއެވެ.
https://twitter.com/AlhanFahmy/status/1505812219812282369
އަލްހާން އޭނާގެ ނަމުގައިވާ އެންއެފްޓީ ބައްލަވައިގަތުމަށްފަހު އަލުން އަގު ސެޓު ކުރައްވާފައިވަނި އެހެން ފަރާތަަކަށް ބައްލަވައިގަންނަން އުނދަގޫވާނެވަރުގެ އަގެއްގައެވެ. އެގޮތުން މިހާރު އެ އެންއެފްޓީގެ އަގުގެ ގޮތުގައި އަލްހާން ސެޓްކޮށްފައިވަނީ 786 އެތީރިއަމެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 35 މިލިޔަން ރުފިޔާއެވެ.
އެންއެފްޓީ (ނޮން ފަންޖިބަލް ޓޯކަންސް) އަކީ ޑިޖިޓަލް އެސެޓްތަކެކެވެ. އޯޕަންސީ، ވަޒީރްއެކްސް ފަދަ ޕްލެޓްފޯމްތަކުގައި އެންއެފްޓީ މާކެޓްކޮށް ވިޔަފާރި ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް