ރާއްޖޭގައި އުޅޭ އެކި މައްސަލަތަކުގައި ހިމެނޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުުން އިއްޔެ ކުރި އިއުލާނެއްގައި އެމީހުންގެ ފޮޓޯ އާންމުކޮށް ބުނީ، އެއީ އެކި މައްސަލަތަކާ ގުޅިގެން ހޯދަމުން އަންނަ މީހުން ކަމަށެވެ.
އަދި އާންމުކޮށް އަންގާ އިއުލާނުކުރީ އިމިގްރޭޝަނުގެ "އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން" އަށް ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ހާޒިރު ވުމަށެވެ.
ހޯދަން އިއުލާނު ކުރި މީހުންގެ ތެރޭގައު ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި އިންޑިއާގެ ތިން މީހެއް އަދި ނައިޖީރިއާ ދެ މީހަކާއި ތައިލޭންޑާއި އިޓަލީ، ބްރިޓިޝް، ސްރީ ލަންކާ އަދި ފިލިޕިންސާއި އިތިއޯޕިއާގެ މީހެކެވެ.
މިއީ ރާއްޖޭގައި ބިދޭސީން ކުރާ އެކި ކުށްތަކާ ގުޅިގެން އެއްފަހަރާ މިހާ ގިނަ ބަޔަކު ހޯދަން ފަހަކަށް އައިސް އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް