މާލޭގެ އެކި ސަރަޙައްދުތަކުން މިހާތަނަށް200 އެއްހާ ޕެލެޓު ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މަގުމަތީގައި އުޅަނދުތައް ޕާކުކޮށް ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ބަހައްޓާފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިމަހުގެ15 ވަނަ ދުވަހު އެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ ދަށުން މިހާތަނަށް195 ޕެލެޓު ނަގާފައިވާ ކަމަށެވެ. އެ ހުރިހާ ޕެލެޓުތަކަކީ ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެއްޗެވެ.
https://twitter.com/MaleCitymv/status/1505761447212883971
މަލޭ ސިޓީން މީގެ ކުރިން ދެ ފަހަރެއްމަތިން ޕަލެޓްތަށް ނަގަން އަންގާފައިވެ އެވެ.
އެ ކައުންސިލުން ބުނީ ވަކި ކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ އަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ސިޓީ ކައުންސިލުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް