އިދިކޮޅުގެ "ނޭވާ ހޮޅިއަށް" ހަރަކާތް ހުއްޓުވާނަން: އިމްރާން

އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބޭއްވުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ...

21 Mar 2022 | 06:38

އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބޭއްވުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިދިކޮޅުން ހުކުރު ދުވަހު ބާއްވާ ހަރަކާތަކީ "ނޭވާ ހޮޅިއަށް" ނަމުގައި ބާއްވާ ބޮޑު ހަރަކާތެކެވެ.

މިނިސްޓަރު ވިދާޅުވީ އެދުވަހު ބާއްވަން މަސައްކަތް ކުރަމަުން ދަނީ ގާނޫނާއި ހިލާފު އެއްވުމެއް ކަމަށެވެ. އެހެންވެ ހަރަކާތް އިންތިޒާމު ކުރާ ފަރާތުގެ ސަމާލުކަމަށް ގެނެސް ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަން އަންގާފައިވާނެ ކަމަށެވެ.

މި ހަރަކާތަކީ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން މިއަހަރު ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މީގެ ކުރިން އިންޑިއާ އައުޓްގެ ނަމުގައި ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ކުރުމަށް ފަހު މިހާރު އެ ހަރަކާތް ވަނީ އަތޮޅުތެރެއަށް ފުޅާކޮށްފަ އެވެ.

އެގޮތުން މިދިޔަ ހަފްތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޅައިފަރަށް ވަޑައިގެން އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް