މީގެ ކުރިން ނައްތާ ނުލާ ވަރަށް މަސްތުވާތަކެތި ވާނީ ނައްތާލެވިފައި: އިމްރާން

މީގެ ކުރިން ނައްތާ ނުލެވޭ ވަރަށް މަސްތުވާތަކެތި ނައްތާ ލެވިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަ...

21 Mar 2022 | 05:48

މީގެ ކުރިން ނައްތާ ނުލެވޭ ވަރަށް މަސްތުވާތަކެތި ނައްތާ ލެވިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވިފައިނުވާ ވަރުގެ ގިނަ މަސައްކަތް ކުރެވި ގިނަ މަސަތުވާތަކެތި އަތުލައިގަނެވި، ނައްތާ ލެވިފައި ހުރި ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 14،67 އޮޕްރޭޝަނެއް ހިންގާ އެކަމާ ގުޅޭ މައްސަލަ ބަލައިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން މިފިޔަ އަހަރުގެ ޑްރަގް ކޯޓްގެ ރިޕޯޓްތައް ބުނާ ގޮތުން 48 އިންސައްތަ މައްސަލަ ހާދިސާ ހިނގިތާ އެއްަސްދވަހުގެ ކުރިން ކޯޓަށް ހުށަހެޅިފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުއެވެ.

މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކުރިޔަށްދާ އިރު ބައެއްފަހަރު ވަކި ވަކިން ކަންކަން ބަލަމުންދާ އިރު ފުލުހުންނަށް ވަކި ކޮންޓްރޯލެއް ލިބިގެން ނުވާ ފަދަކަންކަން ވެސްކުރިޔަށްދާކަމަށް މިނިސްޓަރ އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

މިނސްޓަރު ވިދާޅުވީ ދަތި އުނދަގޫ ގޮންޖެހުންތައް ފުލުހުންނަނަށް ހުރިކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން އިތުރަށް ރަނގަޅު ކުރެވޭތޯ ކޮމިޝަނުން އިސްނަންގަވައިގެން ކުރިޔަށް ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓާރުގެ ވާހަކަފުޅުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް