އަނުޝްކާ ސެން، ރާއްޖެ އައިސް އަސް ދުއްވައިފި

އިންޑިއާގެ ޓީވީ ތަރި، އަނުޝްކާ ސެން ރާއްޖެ އައިސް އަސް ދުއްވައިފިއެވެ. މިއީ ބެލެވޭގޮތުގައި އަސް ގިނަ އިންޑިއާގެ ތަރިއަކު ރާއްޖެ އައިސް އަސް ދުއްވި ފުރަތަމަ ފަހަރަށް ވުން ގާތެވެ. އުމުުރުން މިހާރު 19 އަ...

21 Mar 2022 | 05:37

އިންޑިއާގެ ޓީވީ ތަރި، އަނުޝްކާ ސެން ރާއްޖެ އައިސް އަސް ދުއްވައިފިއެވެ.

މިއީ ބެލެވޭގޮތުގައި އަސް ގިނަ އިންޑިއާގެ ތަރިއަކު ރާއްޖެ އައިސް އަސް ދުއްވި ފުރަތަމަ ފަހަރަށް ވުން ގާތެވެ.

އުމުުރުން މިހާރު 19 އަހަރުގެ އަނުޝްކާ ސެން ރާއްޖެ އައިސްފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝިޔާމް ވޯލްޑްގައެވެ.

ޝިޔާމް ވޯލްޑަށް އަސް ގެނެސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ ރިސޯޓަށް އަސް ގެނަައުމަށްފަހު އެ ރިސޯޓްގެ ވެރިޔާ ސަން ޝިޔާމް ވަނީ އެއިން އަހެއްގައި ހުކުރަށް ވަޑައިގެންފައެވެ. އަދި ފަހުން މޫދުގައި އެއިން އަހެއް ދޮވެ މަޖާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާއްމުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް