ޒެލެންސްކީއާ ވައްތަރު މީހާ ސަލާމަތުން ބޯޑަރު ހުރަސްކުރީ ޕުޓިން އާ ކިމް އާ ވައްތަރު ދެމީހުންގެ އެހީއާއެކު !

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނާ ވައްތަރު އެތައް ޑަބަލުންނެއް ތިބި ކަމުގެ ވާހަކަ ކުރިން އަޑު އިވެއެވެ. އަދި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުންވެސް އަމިއްލަ ސަލާމަތަށްޓަކައި ވައްތަރު ޑަބަލުން...

21 Mar 2022 | 05:23

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސޭނާ ވައްތަރު އެތައް ޑަބަލުންނެއް ތިބި ކަމުގެ ވާހަކަ ކުރިން އަޑު އިވެއެވެ. އަދި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުންވެސް އަމިއްލަ ސަލާމަތަށްޓަކައި ވައްތަރު ޑަބަލުން ގެންގުޅޭ ވާހަކަ ދޭތެރެ ދޭތެރެއިން މީޑިއާއަށް އަރައެވެ.

މިއީ މިހާރު ހިނގަމުން އަންނަ ޔޫކްރޭން ހަނގުރާމައިގާ ޔޫކްރޭނުގައި ތާށިވެފައިތިބި، ތިން ގައުމެއްގެ ވެރިންނާ ވައްތަރު ތިން މީހަކު ސަލާމަތީ ސަބަބުތަކަށްޓަކައި ގައުމު ދޫކޮށް ދާން އެކުގައި ގުޅިގެން ޕްލޭނެއް އެކުލަވާލައި އެކަން ކާމިޔާބުކުރި ގޮތުގެ ވާހަކައެވެ.

އެގޮތުން ހަނގުރާމަފެށިއިރު، ޔޫކްރޭންގެ ރައީސް ޒެލެންސްކީއާ ވައްތަރު އުމިދް ނަމަކަށް ކިޔާ މީހަކާއި ރަޝިޔާގެ ރައީސް ޕުޓިން އާ ވައްތަރު ސްޓީވް ޕޮލާންޑް ނަމަކަށް ކިޔާ މީހަކާއި އުތުރު ކޮރެއާގެ ލީޑަރާ ވައްތަރު ހޯވާޑް އެކްސްވެސް ތިބީ ޔޫކްރޭންގައި ތާށިވެފައެވެ.

ކަން ދިމާކުރި ގޮތުން މި ތިން މީހުންވެސް އެކަކު އަނެކަކަށް ކޮންމެވެސް ގޮތަކުން މީގެ ކުރިން ދިމާވެ ގުޅުން ބަދަހިވެފައިވާތީ ސަލާމަތުން ޔޫކްރޭނުން ނިކުތުމަށް ތިން މީހުން އެކުވެގެން ޕްލޭނެއް އެކުލަވާލައި އެކަން މިހާރު ވަނީ ކާމިޔާބުކޮށްފައެވެ.

އެގޮތުން ގައުމު ދޫކޮށް ފިލުމުގެ ހިޔާލު އެންމެ ފުރަތަމަ އައީ ކިމް އާ ވައްތަރު ހޮވާޑަށެވެ. އޭނާ ބުނެފައިވާގޮތުގައި ހަނގުރާމަ ފެށުމާއެކު ޒެލެންސްކީއާ ވައްތަރު ހުމިދަށް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވާން ފެށިއެވެ. އެހެންކަމުން ހުމިދަށް ގުޅުމުން ހުމިދު ހިއްސާކުރީ ޕުޓިން އާ ވައްތަރު ސްޓީވް ވެސް ސަލާމަތް ކުރަން ޖެހޭކަމުގެ ވާހަކައެވެ.

މި ޕްލޭން މި ތިން މީހުން ހަދަމުންދަނިކޮށް ރަޝިޔާގެ މަޝްހޫރު ޕްރޮޑިއުސަރަކު އުމިދަށް ގުޅާފައި ޒެލެންސްކީއަށް ވެގެން ވީޑިއޯ ސްޕީޗެއް ދިނުމަށް ބޮޑު އަގެއްވެސް ހުށަހެޅި ކަމަށް އުމިދު ބުނެފައިވެއެވެ. ނަމަވެސް ފުރާނަ މާ މުހިންމު ކަމަށް ބަލައި އުމިދު ނިންމީ އަނެއް ދެ އެކުވެރިންނާއެކު ގައުމު ދޫކޮށް ދިއުމަށެވެ.

މިހާރު މި ތިން މީހުންވެސް ތިބީ ބޯޑަރު ހުރަސްކޮށް ގޮސް ޕޮލެންޑްގައި ރައްކާތެރި މާހައުލެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް