އެންމެ ބޮޑު އަލުތްވަކީ އަލުތްވެއް ނޫންކަމަށް ކަނޑައަޅައިފި !

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ނިއުޒިލޭންޑްގެ ދެމަފިރިއަކަށް އެ ދެމަފިރިންގެ ދަނޑުން ލިބުނު އަލުތްވަކީ އަސްލު އަލުތްވެއް ނޫންކަމަށް ގިނިސް ވޯލްޑް ރެކޯޑުން ކަނޑައަޅައިފިއެވެ. ނިއުޒިލެންޑްގެ ދ...

21 Mar 2022 | 04:59

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ނިއުޒިލޭންޑްގެ ދެމަފިރިއަކަށް އެ ދެމަފިރިންގެ ދަނޑުން ލިބުނު އަލުތްވަކީ އަސްލު އަލުތްވެއް ނޫންކަމަށް ގިނިސް ވޯލްޑް ރެކޯޑުން ކަނޑައަޅައިފިއެވެ.

ނިއުޒިލެންޑްގެ ދެމަފިރިން ކަމުގައިވާ ކޮލިން ކްރެގް ބްރޯނާއި ޑޯނާ ބްރައުން އަށް އަލުތްވެއް ފާޑުގެ އެއްޗެއް އެމީހުންގެ ދަނޑުން ފެނި، ކޮނެ ނެގުމަށްފަހު އެއީ ދުނިޔޭގެ އެންމެ ބަރު، އެންމެ ބޮޑު އަލުވި ކަމުގައި ބެލެވުނެވެ.

އެ ދެމަފަރިން ނިންމީ އެކަން ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވާށެވެ. އެގޮތުން އަލުތްވާ ވައްތަރު އެ އެތިން ސާމްޕަލާއި ފޮޓޯއާއި މައުލޫމާތު ދަ ބުކް އޮފް ގިނިސް ވޯލްޑް ރިކޯޑްސް އަށް ފޮނުވިއެވެ.

އެ ދެމަފިރިންނަށް މިދިޔަ ހަފްތާގައި ގިނިސް ވޯލްޑް ރެކޯޑްސްއިން ޖަވާބު ދީފައިވާއިރު އެޖަވާބުގައި ބުނެފައިވަނީ އެއީ އަލުތްވެއް ނޫންކަމަށާއި އެއީ އެހެން ކޮންމެވެސް ބާވަތެއްގެ ފަލަމަޑީގެ ބާވަތެއްގެ މޫގަނޑެއް ކަމަށެވެ.

ނަމަވެސް އެދެމަފިރިން މި ޖަވާބާމެދު ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. މި ދެމަފިރިން ބުނެފައިިވަނީ އެ ކައްކައިގެން މިހާރު ރަހަވެސް ބަލައިފި ކަމަށާއި އޭގެން ލަނީވެސް ހަމަ ސީދާ އަަލުވި ރަހަ ކަމަށެވެ. އެހެން ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސް އިން ޑީއެންއޭ ޓެސްޓްތައް ހަދައި އެއީ އަލުތްވެއް ނޫންކަމަށް ނިންމުމުން ދެން ކުރެވޭނެ ކަމެއް ނެތްކަމަށް އެ ދެމަފިރިން ބުނެފައިވެއެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް