ޔޫކްރޭން ހަނގުރާމަ، ރޯދަ މަސް: ދެކަމާ ގުޅުވައި ބަންގްލަދޭޝް ސަރުކާރުގެ ސަބްސިޑީ ޕްރޮގްރާމެއް

ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ކުރިއަށް އޮތް ރޯދަމަހު ކާބޯތަކެއްޗާއި އާންމު މުދަލުގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް ބެލެވޭތީ ރައްޔިތުންނަށް ހާއްސަ ސަބްސިޑީ ޕްރޮގްރާމެއް ބަންގްލަދޭޝް ސަރުކާރުން ލޯނ...

21 Mar 2022 | 04:32

ޔޫކްރޭން ހަނގުރާމައާއި ގުޅިގެން ކުރިއަށް އޮތް ރޯދަމަހު ކާބޯތަކެއްޗާއި އާންމު މުދަލުގެ އަގު އިންތިހާއަށް ބޮޑުވާނެ ކަމަށް ބެލެވޭތީ ރައްޔިތުންނަށް ހާއްސަ ސަބްސިޑީ ޕްރޮގްރާމެއް ބަންގްލަދޭޝް ސަރުކާރުން ލޯންޗުކޮށްފިއެވެ.

ބަންގްލަދޭޝް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިހާރުވެސް ކައްކާ ތެލާއި މުގާއި ދަނޑު ގޮވާމުގެ ބާވަތްތަކުގެ އަގުތައް އަންނަނީ އުފުލެމުންނެވެ.

ރޯދަމަސް ނިމެންދެން ކުރިއަށްގެންދަން ނިންމާ މި ޕްރޮގްރާމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ކޮމާސް މިނިސްޓްރީގެ ވެރިޔާ ތަޕަން ކަންތީ ގޯޝް ބުނެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 10 މިލިޔަން ރައްޔިތުންނަށް ހެޔޮ އަގުގައި މި ރޯދަމަސް ނިމެންދެން ކާބޯތަކެތި ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އެގައުމުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވާތީ އެއީ ވިޔަފާރިވެރިން ގަސްތުގައި ކުރާ ކަމެއް ކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އެގައުމުގައި ހައްދާ ބައެއް ގޮވާމުގެ ބާވަތްތަކުގެ އަގުވެސް އިންތިހާއަށް ބޮޑުވާތީ އާންމުން އަންނަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް