ޖަލުތަކަށް ފޯނު ވެއްދުމުގެ މައްސަލައަށް ނިމުމުއް ގެނައުމުގައި ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ހޯމް މިނިސްޓަރު ހާމަކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަން ހާމަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މެމްބަރަކު މި މައްސަލައިގާ ސުވާލުކުރެއްވުމުން އިމްރާން ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަކި ސިގްނަލް އެންޓަނާތަކެއް ގާއިމްކުރެވި، ސިގްނަލްތައް ދެނެގަނެވި ބްލޮކް ކުރުމާ ހޯދުން މިހާރު ކުރިއަށްދާކަމަށެވެ. އަދި އެ އެންޓަނާތައް ގާއިމްކޮށް ނިންމާލެވުނީ ދެމަހެއްހާ ދުވަސް ކުރިން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށާއި ގާނޫނީ ގޮތުންވެސް ގޮންޖެހުންތަކެއް މިކަމުގައި ހުރީތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީފަދަ މުއައްސަސާތަކާ ވާހަކަދައްކައިގެން ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވަނީ ފާއިތުވި ތިން އަހަރު، ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި އެނޫންވެސް ތަކެތި އަތުލައިގަނެވިފައިވާކަަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް