ހޫތީންގެ ހަމަލާއެއް ސައޫދީ ތެޔޮ ޕްލާންޓަކަށް

އިރާނުން ވާގިވެރިޔާ ހޫތީން ސައުދީގެ ތެޔޮ ޑިސްޓްރިބިއުޝަން ޕްލާންޓަކަށް ހަމަލާ ދީފިއެވެ. މިކަން ހާމަކުރަމުން އަރަބި ކޯލީޝަނުން ބުނެފައިވަނީ ހޫތީން އެ ހަމަލާ އިއްޔެ ދީފައިވަނީ އެންމެ ބޮޑު ތެޔޮ ކުންފުނި ...

21 Mar 2022 | 03:52

އިރާނުން ވާގިވެރިޔާ ހޫތީން ސައުދީގެ ތެޔޮ ޑިސްޓްރިބިއުޝަން ޕްލާންޓަކަށް ހަމަލާ ދީފިއެވެ.

މިކަން ހާމަކުރަމުން އަރަބި ކޯލީޝަނުން ބުނެފައިވަނީ ހޫތީން އެ ހަމަލާ އިއްޔެ ދީފައިވަނީ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯގެ ޕެޓްރޯލިއަމް ޑިސްޓްރިބިއުޝަން ޕްލާންޓަކަށް ކަމަށެވެ.

މި ޕްލާންޓަކީ ޖިއްދާގައި ގާއިމުކޮށްފައި ހުންނަ ޕްލާންޓެކެވެ. މި ހަމަލާގެ ސަބަބުން އެ ޕްލާންޓުގައި ކޮންމެވެސް ވަރެއްގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮންޓްރޯލު ކުރެވުނު ކަމަށާއި މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ބުނެފައިެވއެވެ.

އަރަބި ކޯލީޝަނުން ބުނެފައިވާގޮތުގައި ދީފައިވަނީ ހޮސްޓައިލް އެޓޭކެކެވެ. ހޮސްޓައިލް އެޓޭކަކީ ގޮވާތަކެތި ވެހިކަލެއްގައި ހަރުކޮށް ފޮނުވާލައިގެން ދެވޭފަދަ ހަމަލާތަކެވެ.

މި ހަމަލާ ދީފައިވާއިރު މި ހަމަލާއިން ސާބިތުކޮށްދެނީ ސުލްހައިގެ ވާހަކަތަަކަށް ހޫތީން އެއްބާރުލުން ދޭން ބޭނުން ނުވާކަން ކަމުގައި އަރަބި ކޯލީޝަނުން ބުނެފައިވެއެވެ.

2014 އިން ފެށިގެން ހުއްޓުމެއްނެތި ކުރިއަށްދާ ޔަމަނުގެ ދާހިލީ ހަނގުރާމައިގާ އެއްކޮޅުން ހޫތީން އަނެއްކޮޅުން ސަރުކާރު ވާދަކުރާއިރު އިރާނުން ވާގިވެރިވަނީ ހޫތީންނަށެވެ. ސައުދީ ލީޑުކުރާ އަރަބި ކޯލީޝަނުން ވާގިވެރިވަނީ ސަރުކާރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް