އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމު ހުވަދު އަތޮޅުން ފޭބީ ޔަގީން ކަމާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިންތި ކެމްޕެއިނަށް ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކަށް ފުރާ ވަޑައިގެންނެވީ މިމަހުގެ16 ވަނަ ދުވަހު އެވެ. ހަތަރު ދުވަހުގެ ދަތުރު ނިންމާލީ އެ ދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިއުމަށް ފަހު އެވެ.
އިންތިގެ ކެމްޕެއިން ޓީމުގައި އިސްކޮށް އުޅުއްވާ އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުވަދޫ އަތޮޅަކީ ހިތްގައިމު އއަތޮޅެއް ކަމަށެވެ. އީވާ ވިދާޅުވީ ހުވަދު އަތޮޅުގެ 18 ރަށުން ފޭބީ ހިތްހަމަ ޖެހިވަޑައިގެންނެވުމާއި އެކު ކަމަށެވެ.
އަދި އިންތިއަށް މެމްބަރުން ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
https://twitter.com/evattey/status/1505585350760341504
އިންތިގެ ކެމްޕެއިންގައި ހުވަދު އަތޮޅުގެ ދަތުރު ކުރިން ދަތުރުކޮށްފައިވަނީ ހއ. އަދި ހދ. އަތޮޅަށެވެ. އަދި އޭގެ ކުރިން އައްޑޫ ސިޓީއަށް ގޮސްފައިވާއިރު އިންތިގެ ޓީމުން ބުނަނީ އެމްޑީޕީގެ އާންމު މެމްބަރުންގެ ފިކުރު ހުރީ ޕާޓީ ކުރިޔަށް ކުރިޔަށް ބާރަށް އިންތިއާ އެކު ކުރިޔަށް ގެންދިއުމަށް ކަމަށެވެ.
އަދި ދަތުރުގައި ދިޔަ ހުރިހާ ރަށަކުން އިންތިއަށް ޔަގީންކަން ލިބިފައިވާ ކަމަށެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި12 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި އިންތިއާ ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް