މިއަދު ބޭއްވި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަނާއި، ހއ. މުރައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ވެރިކަން ކުރާ ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ.
ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު އެވެ. އޭނާ ވަނީ މި އިންތިހާބުގައި 997 ވޯޓް ހޯދާފަ އެވެ. ދެވަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް ސާލިމް އަލް ސޮބާހަށް ލިބިފައިވަނީ 639 ވޯޓެވެ.
ހއ. މުރައިދޫ ބައި އިލެކްޝަން ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ މުފީދަށް ލިބިފައިވަނީ 208 ވޯޓެވެ. ދެވަނައަށް ދިޔަ އަމިއްލަ ކެންޑިޑޭޓް މުހައްމަދު ފުއާދަށް 143 ވޯޓް ލިބިފައިވާއިރު ތިންވަަނައަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވިސާމާއަށް ލިބިފައިވަނީ 107 ވޯޓެވެ.
އެ ދެ ބައި އިލެކްޝަން ކާމިޔާބުވުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުއާޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ ތާއީދު އޮތީ ކޮން ފަރާތަކަކަށް ކަން މިހާޜު ބައި އިލެކްޝަންތަކުން ހާމަވާ ކަމަށެވެ. އެންމެ ފަހުން ބޭއްވި ށ. މިލަންދޫ ރަށު ކައުންސިލްގެ ދެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީޕީއެމްއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް