ފުލުހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދީ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހަކަށް ހަމަލާދީ މަރާލަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރ...

21 Mar 2015 | 09:59

ފުލުހަކަށް ހަމަލާދީ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހަކަށް ހަމަލާދީ މަރާލަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އާދަމް ޒިޔާދު ކިޔާ މީހެއްކަމަށެވެ.

އޭނާ ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހަކަށް ހަމާލާދީ މަރާލަން ރާވާފައިވާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތަކުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޒިޔާދުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފަ އެވެ.

އިދިކޮޅު އެމްޑީޕީ އިން އަންނަނީ ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން ނެވެ. އެ މުޒާހަރާތަކުގައި މީގެ ކުރިންވެސް ފުލުހުންގެ ބެރިކޭޑުތަކެއް ފަޅާލި މައްސަލައެއްގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެމްޑީޕީން ސަރުކާރާއި ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް