ސަލަފުގެ ދައުވަތަކަށް މަސްޖިދުލް ނަބަވީގެ މުއައްޒިން ރާއްޖެ ވަޑައިގެންނަވައިފި

ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މަސްޖިދުލް ނަބަވީގެ މުއައްޒިން ޑރ އިޔާދު ޝުކުރީ ރާއްޖެ ވަޑައިގެންނަވައިފި އެވެ. ޑރ އިޔާދު މިއަދުގެ ވަގުތ...

21 Mar 2015 | 08:13

ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މަސްޖިދުލް ނަބަވީގެ މުއައްޒިން ޑރ އިޔާދު ޝުކުރީ ރާއްޖެ ވަޑައިގެންނަވައިފި އެވެ.

ޑރ އިޔާދު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި އިރު އެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.

ޖަމިއްޔަތުއް ސަލަފުން ޑރ އިޔާދުގެ މި ދަތުރުފުޅުގައި އެޖަމިއްޔާއިން އަލަށް ފަށާ ތައުލީމީ މަޝްރޫއު އިފްތިތާހުކޮށްދެއްވާނެ ކަމަށެވެ. އަދި ސަލަފްގެ އައިފޯން ނަމާދު އެޕްލިކޭޝަން ތައާރަފްކޮށް އިފްތިތާހުކޮށްދެއްވާނީ ޑރ އިޔާދު ކަމަށް ސަލަފުން ބުންޏެވެ.

މި ކަންކަން އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަރުބާރު ގޭގަ އެވެ. އެ ހަފްލާއަށް ވަނުން ހުރިހާ އާންމުންނަށް އެ ޖަމިއްޔާއިން ވަނީ ހުޅުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް