ޒިޔަދަމްގެ މަރުގެ މައްސަލައިގާ މީހަކު ހައްޔަރު ކޮށްފި

ލ.މުންޑޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި މަރުވި މުންޑޫ، ނޫވިލު އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގާ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުންގެ ތަޙ...

21 Mar 2015 | 04:24

ލ.މުންޑޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި މަރުވި މުންޑޫ، ނޫވިލު އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުންގެ ތަޙުޤީޤު ޓީމަކުން ވަނީ އެރަށްގޮސް މިހާރު ފުލުހުން ދަނީ އެރަށުގައި ޙަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި މި ޙާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ރޭގެ ޙާދިސާގައި މަރުވެފައިވާ މީހަކީ ވައްކަމާ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މުންޑޫ ހެލްތު ސެންޓަރުން ބުނީ ޒިޔަދަމް ސެންޓަރަށް ގެންދިޔައީ ރޭ 11:25 ހާއިރު ކަމަށާއި ޒިޔަދަމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ވަޅިން ހަމަލާ ދީފައިވާކަމަށެވެ. އަދި ސެންޓަރަށް ގެންދިޔައިރުވެސް ޒިޔަދަމް އޮތީ މަރުވެފައިކަމަށްވެސް ސެންޓަރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް