ހޫނު ގަދަވާނެތީ ދުވާލު މަސްދަޅު ކޭސް ނުބަހާނެ – މާދަމާ ރެއިން ފެށިގެން 13 ތަނަކުން ބަހާނެ

މަސް ދަޅު ކޭސް ބަހާ ތަންތަނުގެ އަދަދު އިތުރުކޮށްފިއެވެ. މިކަން ހާމަކުރައްވައި ސިޓީތަކައި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާދަމާ ރ...

21 Feb 2025 | 14:56

މަސް ދަޅު ކޭސް ބަހާ ތަންތަނުގެ އަދަދު އިތުރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ސިޓީތަކައި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މާދަމާ ރެއިން ފެށިގެން ޖުމުލަ 13 ތަނެއްގައި، ކޮންމެ ތަނެއްގައި ފަސް މޭޒު ބަހައްޓައިގެން މަސްދަޅު ކޭސް ބެހުން ކުރިއަށްދާނެ ކަމަށެވެ.

އެ ތަންތަނަކީ:

  • ގަލޮޅު ދަނޑުގެ ހަތަރު ފަރާތުން ސިޑިބަރި ކައިރި
  • ސޯޝަލް ސެންޓަރު
  • ހެންވޭރު ދަނޑު
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި އިތުރު ދެ ތަނެއް ( އަދި ވަކި ތަނެއް ހާމަކޮށްފައި ނުވޭ )
  • މިފްކޯ އޮފީސް ކޮމްޕައުންޑް
  • އެމްޓީސީސީ ސޯމިލް (ހެންވޭރު)
  • ވިލިމާލެ ވެމްކޯ ސައިޓް
  • ހުޅުމާލެ ފުރަތަމަ ފިޔަވަހި، އުމަރު ޒާހިރު ބިލްޑިންގ
  • ހުޅުމާލެ ދެވަނަ ފިޔަވަހި، ހިޔާ ޓަވަރު 10 ގެ ޔޫތު ސެންޓަރު

ވަޒީރު ވިދާޅުވެފައިވަނީ ހޫނު ގަދަކަމަށް ފެންނާތީ، ދުވާލު ރޯދަ ހަދިޔާ ދުކުރުމެއް ނޯންނާނެކަމަށެވެ.

"ރޭގައި ކިޔޫގައި ގިނަ ވަގުތު ތިބެން ޖެހުނީތީ ހިތާމަކުރަން، މޭންޕަވަރ އިތުރުކޮށް، އިންތިޒާމުތައް ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން" ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ދިގު ކިޔޫއަށް ނޭރިޔަސް، ކުރިއަށް މި އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިޔޫގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ގެ ފަހުންވެސް ކުރިއަށް ގެންދަންވެސް މިހާރު ނިންމާފައިވާކަމަށެވެ.

ދުވާލު ވަގުތު މަސްދަޅު ކޭސް ބެހުން ކުރިއަށް ނުގެންދަން ނިންމުމުން މަސްދަޅު ކޭސް ބަހާނެ ވަގުތަކީ ރޭގަނޑު 08:30 އިން ރޭގަނޑު 11:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް