ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް: ރައީސް މުޢިއްޒު

ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މާދަރީ ބ...

21 Feb 2025 | 04:15

ދިވެހީން، ދިވެހީންގެ ގޮތުގައި ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ، ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި، ސިޔާދަތު، ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި" ބަހާކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މާޒީއާއި، މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި ދިވެހީން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހަކީ، ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަހަކީ، ބަހުގެ ތަފާތުކަމާއި، އަދި ބަހުގެ ޘަޤާފީ ތަފާތުކަމާއި ބަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ބަސް ކުރިއެރުވުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރަމުންދާތާ 25 އަހަރުވީ ރިހި ޔޫބީލް ފާހަގަކުރަމުންދާ މިއަހަރުގެ މިދުވަހުގެ ޝިއާރު އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ދުނިޔެއެއް ބިނާކުރުމަށްޓަކައި ބަހުގެ ތަފާތުކަމުގެ ކުރިއެރުންތައް ހަލުވިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް