އައްޑޫ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލި

އައްޑޫ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކ...

21 Feb 2025 | 04:06

އައްޑޫ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާކަމަށެވެ.

"އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 05:11 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި، މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރު" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އަލިފާން ރޯވީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގައި ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރެއްވި މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ދިރިއުޅުއްވާ ގޭގައެވެ.

މެޓްރިކްސް މޯޑް، ފަތިހުގެ ވަގުތެއްގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ގެ އަނދަމުން އަންނަ ކަމަށާއި މުޅި ގެ އަނދާ ހުލިވެފައިވާކަމަށެވެ. އެއްވެސް އެއްޗެއް ސަލާމަތް ނުވި ކަމަށެވެ. ނަމަވެސް ގޭގައި އެވަގުތު ތިބި މީހުން ސަލާމަތްވި ކަމަށް މޯޑް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް