ބީއެމްއެލްގެ އެހީ ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތްތަކަށް

ދިވެހި ރެޑް ކްރެސެންޓުގެ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބޭންކް އޮފް މޯލްޑިވްސް ބައިވެރިވެއްޖެއެވެ. މި އިނިޝިއޭޓިވް އަށް ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުމުން، ކާރިސާތަކާއި އާންމު ހާލ...

21 Feb 2024 | 08:54

ދިވެހި ރެޑް ކްރެސެންޓުގެ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބޭންކް އޮފް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

މި އިނިޝިއޭޓިވް އަށް ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކަށް އިތުރު އެހީތެރިކަން ލިބިގެންދާނެއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެއެވެ.

ބޭންކުގެ އާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލް އިން އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް