އއ. ތޮއްޑޫގައި ބިދޭސީ މަސައްކަތްތެރިއަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އއ. ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަޝިޔާ މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 6:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި، އެއީ 42 އަހަރުގެ މީހެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާގެ ހާލު ރަނގަޅުކަމަށާއި މައްސަލާއި ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރިނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް