ކިއުއާރު ކޯޑު ސްކޭން ކޮށްގެން ދެ ލައްކަ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ކިއުއާރު ކޯޑު ސްކޭން ކޮށްގެން ދެ ލައްކައަށްވުރެ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ބުނީ އެމީހާ އެމީހުން އެ ވިޔަފާރި ކޮށްފައިވަނީ އިންޓަނެޓް ބެންކް ކްރެޑެން...

21 Feb 2023 | 17:30

ކިއުއާރު ކޯޑު ސްކޭން ކޮށްގެން ދެ ލައްކައަށްވުރެ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އެމީހާ އެމީހުން އެ ވިޔަފާރި ކޮށްފައިވަނީ އިންޓަނެޓް ބެންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒްކުރުމަށް ފަހު އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެ ކިއު.އާރު ކޯޑް ސްކޭން މެދުވެރިކޮށްގެން ކަމަށެވެ.

އެ މައްސަލައިގަ ހައްޔަރު ކުރީ 25 އަހަރާއި 27 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެމީހުން ހައްޔަރު ކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރުމަށް ފަހު ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަސް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް މައުލޫމާތުދެ އެވެ.

މިފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފައި މިވަނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނޭނގި ގިނަ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައިވަނިކޮށެވެ.

ބީއެމްއެލްއިން ވަނީ އެ މައްސަލަ ހައްލު ކުރަން ދުވާލަކު ކިއުއާރު ކޯޑު ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތްތަކުގެ އަދަދު750 ރުފިޔާއަށް ލިމިޓުކޮށްފައި އެވެ. އަދި10 ފަހަރު ނޫނީ ދުވާލަކު ކިއުއާރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށްވެސް ވަނީ ހަދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް