ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފިއެވެ. 11 އަހަރުގެ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފައިވަނީ ހައި ކޯޓުގައެވެ. އެކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ....

21 Feb 2023 | 13:30

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފިއެވެ.

11 އަހަރުގެ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފައިވަނީ ހައި ކޯޓުގައެވެ. އެކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑީޝަރީއެއް އޮވެގެން ކަމަށާއި ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުން ޕްރޮމޯޝަން ދިނުމާއި އޯޑިއޯތައް ލީކުވުންފަދަ ކަންކަން ގޯސް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ވ. އަތޮޅު އާރަށުގެ މައްސަލައިގާ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 11 އަހަރަށް ޖަލަށް ލުމަށެވެ. އަދި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާވެސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް