އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ. މިދިޔަ މަހުގެ28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައް...

21 Feb 2023 | 10:40

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

މިދިޔަ މަހުގެ28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ އިންތިހާބު61 ޕަސެންޓު ވޯޓުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވި އިރު ނަޝީދަށް ލިބިވަޑައިގެންފައިވަނީ39 ޕަސެންޓެވެ.

ޕްރައިމަރީ ބާތިލްކޮށް އަލުން ބާއްވައިި ދިނުމަށް އަމުުރުކޮށްދިނުމަށް ކޯޓަށް ތިން މީހަކު މައްސަލަ ހުށަހެޅި އެވެ. މިހާތަނަށް ކޯޓުން ބަލައިގެންފައި ވަނީ އެންމެ މައްސަލައެކެވެ.

ބަލައިގެންފައިވަނީ އެމްޑީޕީގެ 39،000 މެމްބަރުން ޕާޓީގެ ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކުރުމަށްފަހު ޕްރައިމަރީ ބާއްވާފައިވާތީ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެވެ. އެ މައްސަލަ ބަލައިގަތުމަށްފަހު އަންނަ ހަފުތާގެ އަންގާރަ ދުވަހު ޝަރީއަތް ފަށަން ސިވިލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

އެއީ އެމަނިކުފާނު ގެންދެވީ ފެށުނީންސުރެ މެމްބަރުންތައް ޕާޓީން ވަކިކޮށްފައިވާ މައްސަލައިގަ ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަފުޅު ދައްކަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް