ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާންގެ ފުރަތަމަ ފިލްމުގެ ޝޫޓިންއަށް ފުރައިފި އެވެ.
އިބްރާހިމްގެ ފުރަތަމަ ފިލްމަކީ ކަޔޯޒީ އިރާނީ ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ.
ފިލްމުގެ ޝޫޓިންއަށް އިބްރާހިމް ދިޔައީ އިންޑިއާގެ މަނާލީގެ ކުއްލޫއަށެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ރޯލަށް އިބްރާހިމް ތައްޔާރުވަމުންދާތާ ހަ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެގޮތުން ވަރުގަދަ ޑައިޓެއްގައި ހުރި އިރު ވަރަށް ވަރުގަދަ ފިޒިކަލް އެކްސަސައިޒް ތަކެއް ކޮށްފައިވެ އެވެ.
މި ފިލްމުގައި އޭނާ ފެނިގެންދާނީ ލީޑްރޯލުންނެވެ. އިމްރާހިމް އާއިއެކު ލީޑްރޯލުން ފެނިގެންދާ އަންހެން ތަރިއެއް އަދި ހާމައެއް ނުކުރެ އެވެ.
އިބްރާހިމް ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމެއް ކަމަށްވާ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އުފެއްދުމުގައި ކަރަން ޖޯހަރަށް އެހީތެރިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް