ފްލޯޓިން ސިޓީގެ ނަމޫނާއެއް ހުޅުމާލޭ ފަޅު ތެރޭގައި ދައްކާލަން ތައްޔާރުވެއްޖެ

ފްލޯޓިން ސިޓީގެ ނަމޫނާއެއް ހުޅުމާލޭ ފަޅު ތެރޭގައި ދައްކާލަން ތައްޔާރުވެއްޖެ އެވެ. ހުޅުމާލޭ ފަޅު ތެރޭގައި މިހާރު ވަނީ ހަތަރު ޑިޒައިނެއްގެ ނަމޫނާ ގެތަކެއް ދައްކާލަން ތައްޔާރުކޮށްފައި އެވެ. އެ ގެތަށް ހުރ...

21 Feb 2023 | 08:40

ފްލޯޓިން ސިޓީގެ ނަމޫނާއެއް ހުޅުމާލޭ ފަޅު ތެރޭގައި ދައްކާލަން ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭ ފަޅު ތެރޭގައި މިހާރު ވަނީ ހަތަރު ޑިޒައިނެއްގެ ނަމޫނާ ގެތަކެއް ދައްކާލަން ތައްޔާރުކޮށްފައި އެވެ. އެ ގެތަށް ހުރީ އެކި ކުލަކުލައިންނެވެ.

މި ގެތަށް ބަލާލަން އާންމުންނަށް ވަދެވޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

މާލެ ކައިރި ފަޅެއްގައި ތަރައްގީ ކުރާ "ފްލޯޓިން އައިލެންޑް" ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ ސޮއި ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010  ވަނަ އަހަރު އެވެ. ވެރިކަން ބަދަލުވުމުން ހުއްޓުނު އެ ޕްރޮޖެކްޓުގައި ދެ ވަނަ ފަހަރު ސޮއި ކުރީ2021 ވަނަ އަހަރު އެވެ.

މި މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު މިހާތަނަށް ފްލޯޓިން އައިލެންޑުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް