ދިރާގުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑެއިލީ ޑޭޓާ ލިބ 'ސަޅި މަންތުލީ ' ޕްލޭންއެއް ތަޢާރަފްކޮށްފި އެވެ.
މި ސަޅި ޕްރީޕެއިޑް ޕްލޭންއާއެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ޖުމްލަ 180ޖީބީ އެންމެ 745 ރުފިޔާއަށް ލިބޭނެއެވެ.
ދިރާގުން ބުނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S4GB30’ ޖަހާފައި އެސް.އެމް.އެސް ކޮށްގެން ޕްލޭން އެކްޓިވޭޓް ކޮށްގެން ނެގޭނެ އެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
އިތުރު މައުލޫމާތު: ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް